English Edition
Dhivehi Edition

ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1444 ވަނަ އަހަރުގެ އޮކްޓޯބަރު ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ވަނީ އެހީތެރިއެއްގެ ގޮތުގައި އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު ފިރިހަނަކު ބޭނުންވާކަމަށެވެ. އަދި އެ ފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި

  • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުން.
  • ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން.
  • ޢުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ސެޕްޓެމްބަރު އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް. ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އިތުރަށް ހައްޖު ކޯޕަރޭޝަނުން ބުނީ މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށާއި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެކަމަށެވެ/

1 ކޮމެންޓް
ހައްޖ
ސެޕްޓެމްބަރު 5, 2022
ހަމަތައްޔާރު