English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލާ ބައްދަލުކުރެއްވުން - ފޮޓޯ: އިސްލާމިކް މިނިސްޓަރ

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އާ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވައިފިއެވެ.

އެކްސްގައި މިނިސްޓަރ ޑރ. ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޙައްޖު ކޯޕަރޭޝަންގެ އެމްޑީ، މުޙައްމަދު ޝަކީލާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް ދިއުމުގެ ޚިދުމަތްތައް ތަރައްޤީކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުނު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ޙައްކު ކޯޕަރޭޝަން ގުޅިގެން މިކަމުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.