English Edition
Dhivehi Edition

އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހެއް ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

“އައްޑޫ ސިޓީ އަންހެނުންގެ ކޮމިޓީއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބިއުޓީ ކޯހާއި ކަސަބު ކޯހެކެވެ”

އެ ކޮމިޓީއިން ކުރި އިއުލާނުގައި ވަނީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި ހިންގުމަށް ބޭނުންވާ ބިއުޓީ ކޯސް ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 އޯގަސްޓް 30 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ސެޕްޓެންބަރު 06 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށެވެ.

މިބާވަތުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ މި ފުރުސަތުގައި، ބީލަމުގައި ބައިވެރިވުމަށް 300/- ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މީގެ އިތުރުން އައްޑޫ ސިޓގައި ހިންގުމަށް ބޭނުންވާ ކަސަބު ކޯސް ހިންގައިދޭނެ ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 އޯގަސްޓް 30 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ސެޕްޓެންބަރު 06 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ތިން ސަތޭކަ ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ބީލަންތައްބަލައިގަތުމާއި،އަދިބީލަންހުޅުވުންއޮންނާނީ 2022 ސެޕްޓެންބަރު 13 ވާ އަންގާރަ ދުވަހުގެ 10:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.