English Edition
Dhivehi Edition

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށް، އެ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ ކޮމިޓީގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް އިންތިހާބުވި އައިޝަތު ނަދާ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. މުޅި ހިތަދޫ އިން ވެސް އެންމެ ގިނަ ވޯޓާއި އެކު އިންތިހާބުވި، ނަދާ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން މިއަދު އިލެކްޝަނުން ވަނީ އެ ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައެވެ.

މި ގޮތުން އންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2022 ޖުލައި 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ކުރިމަތިލާ ރަށަށް ނުވަތަ ސިޓީއަށް ނިސްބަތްވާ އަންހެނަކު ކަމުގައިވުން ހިމެނެއެވެ. މީގެ އިތުރުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުމާއި އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބެން ހުންނާނެއެވެ.

 

އިތުރު މައުލޫމާތު: https://www.gazette.gov.mv/iulaan/194885