English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ސޯނަމް އާއި ވިޔަފާރިވެރިޔާ އަނަންދު އަހޫޖާއަށް ދަރިއަކު ލިބިއްޖެއެވެ.

ސޯނަމް ވިހޭކަން އިއުލާނުކޮށް އާންމުކުރި ޕޯސްޓުގައި ބުނީ ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، އެކުވެރިންނާއި އާއިލާގެ މީހުންގެ ފަރާތުން އެމީހުންނަށް ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށް ސޯނަމް ވަނީ އެމީހުންގެ ދިރިއުޅުން ކިރިޔާ ފެށުނީކަމަށް ބުނެފައެވެ. އަދި އަލަތު ދަރިފުޅާއެކު ދިރިއުޅުން ބަދަލުވެގެންދާނެ ކަމަށްވެސް ސޯނަމް ވަނީ ބުނެފައެވެ.

ސޯނަމް އާއި އަނަންދު ކައިވެނިކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.