English Edition
Dhivehi Edition
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް - ފޮޓޯ: ޓްވިޓާ

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022 ފެށުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރ 2022 ގައިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގެންނެވުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާޙައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައި ދިނުންކަމަށެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް 1 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެއެވެ.

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތުގައި ބައިވެރިވުމަށްއެދޭ ” ސްޕޯޓްސް ކޮމިޝަން ” ގައި ރަޖިސްޓްރީ ވެފައިވާ ކްލަބް ޖަމްޢިއްޔާ ތަކުން ފޯމް ފުރިހަމަ ކުރައްވައި 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ކްލަބް ޖަމްއިއްޔާތަކުގެ ޓީމް ލިސްޓް 03 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ،