English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ::ފޮޓޯ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް ގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ރައީސް ނަޝީދު ހެއްދެވީ ތެދުފުޅެއްކަން ސާބިތުކޮށް ދެއްވުމަށް ގިނަ މެންބަރުން އެދެމުންދާއިރު އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ވަނީ ފޮޓޯތައް ލާން ބުނުމުންވެސް އެކަން ކުރައްވަން ނުކެރިގެން އުޅުއްވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

ރައީސްއަށް ތުހުމަތުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަތާއި ގުޅިގެން އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކިބައިގައި މިހާރު ނެތްކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް ގޮވާލަމުން އަންނައިރު މެންބަރު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ވަކިކުރުމަށް މެމްބަރުން އެދިވަޑައިގަތުމުން ޕީޖީ ގުރޫޕުގެ ޖަލްސާއެއް ބާއްވައިގެން، އެ ޖަލްސާއިން ފާސްވެއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން އެ މަނިކުފާނު ވަނީ ރައީސް ސޯލިހް އާއި އެމްޑީޕީގެ މެމެބްރުންގެ ބޮލުގައި ގިނަ އިލްޒާމްތަކެއް އަޅުވާފައެވެ.