English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓުވިޓާ އެކައުންޓް ހެކްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ގެންދަވާ މި ދަނޑިވަޅުގައި ރޮޒައިނާގެ ޓްވިޓަރ އެކައުންޓު ހެކް ކޮށްފައިވާކަން ރޮޒައިނާ ހާމަކުރެއްވީ ފޭސްބުކް ގައު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރޮޒައިނާ ވިދާޅުވީ އެކައުންޓް ހެކްކޮށްފައިވާތީ ރޭ މެންދަމު 2:00 ޖެހިފަހުން ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ އެކައުންޓުން އިތުރު ޕޯސްޓެއް ކޮށްފައި ނުވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

” ޓުވިޓަރ އެކައުންޓް ހެކްކުރިޔަސް ބުނަންޖެހޭ އެއްޗެހި ބުނުމުގައި ފަސްނުޖެހޭނެ. ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ފަސްނުޖެހޭނަން.” ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޮޒައިނާ ޓުވީޓް ކުރައްވަން ފެއްޓެވީ، އޭނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އުޅޭ ކަމަށް ތުހުމަތުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއްގެ ލިންކް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕާ ހިއްސާކުރުމަށްފަހު އެއީ ތެދެއްތޯ ރައީސް ނަޝީދު ރޮޒައިނާ ކުރެން އެއްސެވުމުންނެވެ.

އޭގެ ފަހުން ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.