English Edition
Dhivehi Edition

ރައީސް ސޯލިހްގެ ފޮޓޯތަކެއް ހުރި ނަމަ، އެ ފޮޓޯތައް ގްރޫޕަށްލުމަށް އެދިވަޑައިގަތުމުންވެސް އެކަން ނުކުރެވުނީ ފޮޓޯތައް ނެތީމަކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮަޒައިނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ރައްދު ދެއްވައިފިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން އެ މަނިކުފާނު ވަނީ ރައީސް ސޯލިހް އާއި އެމްޑީޕީގެ މެމެބްރުންގެ ބޮލުގައި ގިނަ އިލްޒާމްތަކެއް އަޅުވާފައެވެ.

މި ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހް އަންހެން ކުއްޖަކާއި އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާކަމަށެވެ. އަދި ރޮޒައިނާގެ ފިރިކަލުން ނާޝިޒު އެއްޖިއްސުން ގުޅުން ހިންގާ ފޮޓޯތަކެއް ހުރިކަމަށް ބުނެ ދައުރުވި ވާހަތަކާއި ގުޅިގެންވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރޮޒައިނާ އަދި ނާޝީޒު ޓެގްކޮށް ސުވާލުކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި ތުހުމަތުތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވަނީ ފޮޓޯތައް ލާން ބުނުމުންވެސް އެކަން ކުރައްވަން ނުކެރިގެން އުޅުއްވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. ” އެއީ ނެތީމަ. ތި އިންސާނާ ހަދާ ދޮގު ނޭގޭ މީހެއް މި ގައުމަކު ނެތް. ލިވާތުކޮށްގެން ކޮއްކޮ ހައްޔަރުކުރީމަ އެހެން މީހުންނަށް ކޮން ވަރެއް ތި ބާލަނީ؟ ހުރިއްޔާ ހުރި ވީޑިއޯއަކާއި ފޮޓޯއެއް ލާބަލަ” ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުވެސް ވަނީ ރައީސް ނަޝީދަށް ރައްދުދެއްވާފައެވެ. މި ގޮތުން ނަޝީޒުއަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާއި ގުޅީގެން ވިދާޅުވީ ކުޅި ކުޅޭ ކުދިންނާއި، މަޖާ ކުރާ ކުދިން އޮތީ ބޭޒާރުވެފައިވާ ކަމަށާއި ނާޝިޒު އަކީ 24 ގަޑިއިރު ހަމައިގައި ހުންނަ މީހެއްކަމަށެވެ.