English Edition
Dhivehi Edition
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދެއްކެވުން ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޯގާތެރި ވެރިކަމެއް ކުރައްވާ ތަން ދުށުމަކީ ބައެއް ބޭފުޅުންގެ ހިތަށް ކުޅަދާނަކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދުއަޙްލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ބޮލުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑެތި އިލްޒާމްތަކެއް އަޅުއްވަމުން ގެންދެވުމާއި ގުޅިގެންނެވެ.

މި ގޮތުން ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ތާރީޚުގައި ވެސް އެއްވެސް ކަމެއްގައި ތަފާތު ކުރުމެއް ނެތި އަނިޔާވެރި ނުވެ އަމާން އޮމާން އޯގާތެރި ވެރިކަމެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ ތަން ދުށުމަކީ ބައެއް ބޭފުޅުންގެ ހިތަށް ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ޤާނޫނު ނަގަހައްޓާ ތަންފީޒުކުރުމަށް ރައީސް ފަސް ނުޖެހޭނެކަމަށްވެސް ސަމީރު ވިދާޅުވިއެވެ.