English Edition
Dhivehi Edition

މިނިވަންކަޕް 2022 ގެ އެންމެ އުއްމީދީ ކުޅުންތެރިއާ އަދި ބެސްޓް ގޯލް ކީޕަރުގެ މަގާމަށް ކްލަބް ލޮތާރީގެ ހުނަރުވެރި ކީޕަރު ހަސަން ނާހިލް ސައީދު ހޮވިއްޖެއެވެ.

އިއްޔެ ހަވީރު ހުޅުދޫ ރަސްމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މައިލޯ ސިޓީ އެފްސީ އާއި ކްލަބް ލޯތާރި ބައްދަލުކުރި އިރު މެޗުގެ ފުރިހަމަ ވަގުތުހަމަވީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެންނެވެ. މުބާރާތުގެ ނަތީޖާ ނެރުމަށްޓަކައި ޕެނެލްޓީ ޖަހާފައިވާއިރު ކްލަބް ލޮތާރީން ވަނީ އެ ޓީމުން ޖެހި 4 ޕެނެލްޓީވެސް ކާމިޔާބުކޮށްފައެވެ. މައިލޯ ސިޓީ އިން ޖެހި 4 ޕެނެލްޓީގެ ތެރެއިން 2 ޕެނެލްޓީ ކާމިޔާބުވިއިރު، ދެން ޖެހި ދެ ޕެނެލްޓީ، ކްލަބް ލޮތާރީގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

No description available.

މިނިވަންކަޕް 2022 ކްލަބް ލޮތާރިން ކާމިޔާބުކޮށްފައިވާއިރު މި މުބާރާތުގެ ބެސްޓް ކޯޗުގެ މަގާމު ލިބިފައިވަނީ ލޮތާރީގެ ކޯޗު މުންސިފު އަށެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ އަދި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ އެފްސީގެ ހާޒިމް ފައުޒީއެވެ. މުބާރާތުގެ އެހެން ވަނަތަކަށް ބަލާލާއިރު ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހުޅުދޫ ޔޫތެވެ. އަދި ފެއަރ ޕްލެޔަރ އަށް ހޮވިފައިވަނީ ކްލަބް ލޮތާރީގެ ޖިމޯއެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަންށް ހޮވިފައިވަނީ

  • ހާޒިމް ފައުޒީ – މައިލޯ ސިޓީ އެފްސީ
  • ހަސަން ޒިދާން – މައިލޯ ސިޓީ އެފްސީ
  • ހަސަން ސަހާފް – ކްލަބް ލޮތާރި
  • މުހައްމަދު ސޯބާހް – ކްލަބް ލޮތާރި
  • ހަސަން ނާހިލް – ކްލަބް ލޮތާރި
  • No description available.