English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި މިއަދު ކުޅުނު ފޯރިގަދަ ސެމީ ފައިނަލުގައި، ބޮޑު ތަފާތަކުން ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް ބަލިކޮށް ކްލަބް ލޮތާރީން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއަދު ހަވީރު ހުޅުދޫ ދަނޑުގައި ކުޅުނު މި މެޗުގައި ކްލަބް ލޮތާރީން 7 ލަނޑު ޖަހާފައިވާއިރު ޖިއޯވެންޓް ޔުނައިޓެޑްއަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މިއަދުގެ މެޗުގައި ލޮތާރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހާފައެވެ. މި ގޮތުން މެޗުގެ ތިން ވަނަ މިނިޓްގައި ޒާލިފް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ 11 ވަނަ މިނިޓްގައި ސަހާފް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައިވެސް ކްލަބް ލޮތާރީން ގިނަ ވަގުތު ބޯޅަ ގެންގުޅެ ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާފައެވެ. މި ގޮތުން މެޗުގެ ދެވަނަ ހާފް ފެށުނުތަނާ ކްލަބް ލޮތާރީގެ އިމާން ލަނޑެއް ކާމިޔާބުކޮށްދިން އިރު 29 ވަނަ މިނިޓްގައި ސަހާފްވަނީ އެ ޓީމްގެ ހަތަރުވަނަ ލަނޑުޖަހާފައެވެ. މެޗުގެ 31 ވަނަ މިނިޓްގައި ރަޔަން ޖެހި ގޯލާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު ވަރަށް ކައިރި ކައިރީގައި އީމާން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ،

No description available.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރު ކުރި ކްލަބް ލޮތާރީގެ އީމާން އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރަނީ ލޮތާރި ޖޫނިއާސް އާއި މައިލޯ ސިޓީ އެފްސީ އެވެ.