English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މައިލޯ ސިޓީ އެފްސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ކުޅުނު ފޯރި ގަދަ މެޗުގައި ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑު ޖަހާ މުބާރާތުގެ ފައިނަލުން މައިލޯ އެފްސީ ޖާގަ ހޯދިއިރުމ ލޮޮތާރި ޖޫނިއާސް އިންވެސް ވަނީ މެޗުގެ ނަތިޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

No description available.

މިއަދުގެ މެޗުގެ ދެވަނަ މިނިޓްގައި މައިލޯ އެފްސީ އިން ލަނޑެއްޖަހާފައިވާއިރު މެޗުގެ ގިނަ ވަގުތު ބޯޅަ ގެންގުޅެ އެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފައެވެ. މި މެޗުގައި މައިލޯ އެފްސީގެ ރަފާހު އާއި އަމްނު ވަނީ ކޮންމެ ކުޅުންތެރިއަކަށް ތިން ގޯލު ޖަހާ ހެޓް-ޓްރިކް ހަދާފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ސަބަޓީ އާއި ހައްތި ވަނީ ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޖަހާފައެވެ. މައިލޯ އެފްސީ ގެ ސަހާއު އާއި ޒިދާން ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ޖަހާފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ އެފްސީގެ ރަފާހު އެވެ.

މި މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލުކުރަނީ މައިލޯ ސިޓީ އެފްސީ އާއި ކްލަބް ލޮތާރިއެވެ. މި ދެ ޓީމްވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ،