English Edition
Dhivehi Edition

މި މަހުގެ 05 ވަނަ ދުވަހު ބޭއްވުނު ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގެ ރަސްމީ ނަތީޖާއަށް ބަލާއިރު މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި، ގއ. ގެމަނަފުށި، އުދަރެސް، މަރްޔަމް ޖަމްޝީދާ އެވެ. މި އިންތިހާބުގައި ޖުމްލަ 537 މީހަކު ވޯޓުލާފައިވާއިރު މި އިންތިހާބުގައި ސައްހަ ވޯޓުގެ ޖުމްލަ އަދަދަކީ 504 ވޯޓެވެ. މި އިންތިހާބުގައި ޖުމްލަ 33 ބާތިލު ވޯޓު ލާފައިވާއިރު، ޖްމަޝީދާ އިންތިހާބު ކާމިޔާބުކޮށްފައިވަނީ 151 ވޯޓުންނެވެ.

މި އިންތިހާބުގައި ޖަމްޝީދާގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ފާޠިމަތު ޝިފާޒާ އަށް 146 ވޯޓު ލިބިފައިވާއިރު މަރްޔަމް ފަޛުނާ އަށް ލިބިފައިވަނީ 115 ވޯޓެވެ. މި އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރި އާމިނަތު ރިޔާޒާ އަށް 92 ވޯޓު ލިބުނު އިރު މިއީ ވޯޓުލީ މީހުންގެ 18.25 އިންސައްތައެވެ.

ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގައި ވޯޓު ލުމުގެ ހައްގު 1271 މީހަކަށް ލިބިފައިވާއިރު މި އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ.