English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ކޯހަކީ ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ކަސަބު ބައި ހިދާ ގުޅިގެން، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގައި ބައިވެރިނަށް ކިޔަވާދެއްވީ ހިދާނާ ލަތީފްއެވެ.

މި ކޯހާއި ބޭހޭ މައުލޫމާތު ދެއްވަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ދިޔާނާ ލަތީފް ވިދާޅުވީ މިފަދަ ކޯހެއް ބޭއްވުމުގެ މައިގަނޑު އެއް މަގްސަދަކީ އިހު ޒަމާނުގައި ކުރަމުން އައި މަސައްކަތްތައް ފުވައްމުލައް ސިޓީއިން ނެތިދާތީ، މި ފަދަ މަސައްކަތް ދިރުވާ އާލާކުރުންކަމަށެވެ.

މި ކޯހުގައި ފުވައްމުލައް ސިޓީގެ ކޮންމެ އަވަށަކުން އެކަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔައިރު، ކޯހުގައި ޖުމްލަ 08 މީހުން ވަނީ ބައިވެރިވެފައެވެ. މި ވަގުތު އެ މަސައްކަތްކުރުމަށް ލިބުނު މަދު ސާމާނާ އެކު ފެށި މި ކޯހާއި ބެހޭ ގޮތުން ބައިވެރިން ބުނީ މިއީ ވަރަށް ޝައުގުވެރި މަސައްކަތެއްކަމަށެވެ.