English Edition
Dhivehi Edition

އަންހެނުންގެ ތަރައްގީއަށް އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން އިންތިހާބު ގއ. ވިލިނގިލީގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީއަށް އަށް މަސައްކަތްކުރާ ކޮމެޓީގެ ގއ. ވިލިނގިލީގެ ބައި އިލެކްޝަނުގައި ވާދަކޮށްފައިވަނީ ޕީޕީއެމް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ. މި ގޮތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އަލްއުސްތާޒާ މަރިޔަމް ރަޝީދާ އާއި ވާދަކޮށް ޕީޕީއެމް ކެންޑިޑޭޓް ޝަހުމާ މުހިސިން، މި މަގާމަށް އިންތިހާބުވެފައިވަނީ 67 ވޯޓުގެ ތަފާތަކުންނެވެ.

ވިލިނގިލީގައި ބައި އިލެކްޝަން ބާއްވާފައި ވަނީ އަންހެނުން ކޮމެޓީގައި ޕީޕީއެމްގެ މެންބަރު އައިޝަތު ޖުމާނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މީގެ އިތުރުން އިއްޔެ ވަނީ ޅ. ކުރެންދޫ ގެ ބައި އިލެކްޝަންވެސް ބާއްވާފައެވެ. ކުރެންދޫގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ނިޒާމާ ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އަޒީޒާ އަބްދުﷲ އާއި ވާދަކޮށް 192 ވޯޓުގެ ތަފާތަކުންނެވެ.