English Edition
Dhivehi Edition

މިނިވަންކަޕް 2022 ގެ ގުރޫޕް ސްޓޭޖްގައި މިއަދު ކުޅުނު ފަހު މެޗުގައި ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް އާއި ހުޅުދޫ ޔޫތު ބައްދަލުކުރި މެޗު ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް އިން ކާމިޔާބުކޮށްފިއެވެ.

ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް އިން މި މެޗު ކާމިޔާބުކުރީ 9 ލަނޑު 3 ލަނޑުންނެވެ.

މިއަދު ހަވީރު ހުޅުދޫ ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ. ފުރަތަމަ ހާފްގައި ޖިއޯވެންޓް ޔުނައިޓެޑުން 3 ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވާއިރު އެ ޓީމުން ވަނީ މެޗުގެ ފަހު ހާފްގައި ވަނީ 6 ލަނޑު ޖަހާފައެވެ. ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް ގެ ޝުޖުއާން އެ ޓީމަށް 4 ލަނޑު ކާމިޔާބުކޮށްދިން އިރު ފައްތޭ ވަނީ 3 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑްގެ ޝައްމާން ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

No description available.

މެޗުގެ ދެވަނަ ހާފްގައި ހުޅުދޫ ޔޫތް އިން ވެސް ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މި ގޮތުން އެ ޓީމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޒާއްލޯ، އަޒާން އަދި ސަމީންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް އަށް 4 ލަނޑު ޖަހައި ދިން ޝުޖުއާން އެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ސެމީ ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް ލޮތާރި އަދި ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑްއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރަނީ ހިތަދޫ މައިލޯ ސިޓީ އެފްސީ އާއި ލޮތާރި ޖޫނީއާސްއެވެ.