English Edition
Dhivehi Edition

ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ ރިއަލިޓީ ތަރި ކައިލީ ޖެނާ، މަދު ވަގުތުކޮޅެއްގައި ކާރުންވެސް ދަތުރުކުރެވޭ ތަންތަނަށް ޖެޓުގައި ދަތުރުކުރާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ކައިލީ ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި 72 މިލިއަން ޑޮލަރަށް ޕްރައިވެޓް ޖެޓެއް ގަނެފަ އެވެ. އެ ޖެޓުތަކަކީ ތިމާވެއްޓާއި ބީރައްޓެހި އަދި އާންމުން ދަތުރުކޮށް އުޅޭ ބޯޓު ތަކަށް ވުރެ 14 ގުނަ އިތުރަށް ކާބަންޑައިއޮކްސައިޑް އުފައްދާ ޖެޓްތަކެވެ. އެހެންނަމަވެސް މިކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ އެންމެ 40 މިނިޓުން ކާރުގައި ދެވެން ހުންނަ ތަންތަނަށް ވެސް ކައިލީ ދަނީ ޖެޓުގަ އެވެ.

މަދު ވަގުތުކޮޅެއްގައި ކާރުންވެސް ދަތުރުކުރެވޭ ތަންތަނަށް ކައިލީ އަބަދުވެސް ޖެޓުން ދަތުރުކުރާކަން ހާމަވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ކައިލީ އަށް އަމާޒުވެފައިވާއިރު، ކޮންމެ ފަހަރަކު ބޭކާރު ގޮތުގައި ޖައްވަށް ވިހަގޭސްތައް ބޭރުކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކާޑޭޝިއަން އާއިލާގެ ކަންތައްތަކަށް ފާރަލަމުންދާ މީހުން ބުނީ ތިން މިނިޓްގެ ދަތުރަކަށްވެސް ކައިލީ ބޮޑު ހަރަދެއް ކުރަމުންދާކަމަށާއި ޖެޓުން ކުރާ ކޮންމެ ދަތުރަކަށްވެސް އެހާ ތެލެއް ހަރަދުވާއިރު މިއީ ބޭކާރުގޮތުގައި ކުރުން ރަނގަޅު ދަތުރުތަކެއް ނޫންކަމަށެވެ.