އުމުރުން 23 އަހަރުގެ އެމެރިކާގެ ޒުވާން ބިލިއަނަރު ކައިލީ ޖެނާގެ ފައިން ފެންނަ ބޮޑު ލަކުނުގެ ހަގީގަތް އޭނާވަނީ ދާދިފަހުން ފޭނުންނާ ހިއްސާކޮށްފައެވެ.
“ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަން” ޝޯވް އިން އެތައްބައެއްގެ މަގްބޫލުކަން އެންމެ ފުރަތަމަ ހޯދާފައިވާ މި ފަންނާނުގެ ލަކުނާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، އެއީ އުމުރުން އެންމެ 5 އަހަރުގައި ކެންޑަލް އާއި އެކު ފީކޮއި ކުޅެން އުޅުމުގައި ލިބުނު ވަރަށް ބޮޑު އަނިޔާ އަކުން ލާފައިވާ ލަކުނެއް ކަމަށެވެ.
“ބޮޑު ދަގަނޑު ތޭރިތައް ހުރި ގޭޓެއްގެ ފަހަތުގައި ފިލާއޮވެ އެތައް އިރެއް ވީއިރުވެސް ކެންޑަލް އަކަށް އަހަރެން ނުފެނުނު. ދެން ގިނައިރު ވުމުން ބަންދުކޮށްފައިވާ އެގޭޓުގެ މަތިން އަރައިގެން ދާން މަސައްކަތް ކުރަނިކޮށް ކައްސާލައިގެން ގޭޓުގެ ތޭރި އެއް ފައިގެ ފަލަމަސްގަނޑަށް ހެރުނީ. ފައިގެ ތެރެއަށް އެއްކޮށް ދަގަނޑު ތޭރި އިނީ ހެރިފައި” ކައިލީ އާއި އޭނަގެ ކުރީގެ ލޯބިވެރިޔާ ޓްރެވިސް އާއި އެކު މެގަޒިން އަކަށް ކުރި ފޮޓޯޝޫޓެއްގައި ލަކުނު ވަރަށް ބޮޑަށް ފާޅުވާގޮތަށް ދައްކާލުމަށްފަހު ލަކުނާ ބެހޭގޮތުން ފޭނުން ކުރި ސުވާލަކަށް ޖަވާބުދެމުން ކައިލީ ބުނެފައިވެއެވެ.
ބިލިއަނަރަކަށް ވެހުރެ ސޯޝަލް މީޑިއާއަށް އެލަކުނު ފެންނަ ގޮތަށް ހެދުން އެޅުމާއި ލަކުނު ފެންނަ ގޮތަށް ފޮޓޯނަގައި ހަދަން އެއްވެސް ލަދެއް ނުގަންނަކަމަށް އޭނާބުނެއެވެ. ކައިލީގެ ލަކުނާ ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމާއެކު އެތައް ފޭނުންނެއް އޭނާއަށް ވަނީ ތައުރީފްކޮށްފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ އޭނަގެ ނިތްކުރީގައި ބޮޑުލަކުނެއް ހުންނަ ކަމަށާއި ކުރިން ލަދުގަތް ނަމަވެސް މިހާރު ކައިލީގެ ފައިގަ އިންނަ ލަކުނު ފާޅުބޮޑުކޮށް ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތައް ފެނުމުން އޭނަވެސް މިހާރު ލަދުނުގަންނަ ކަމަށެވެ. އިތުރު ފޭނަކު ބުނެފައިވަނީ ކައިލީ އަށް، އޭނަގެ ލަކުނު މީހުންނަށް ފެންނަ ގޮތަށް އުޅޭނަމަ ވަކި އޭނާގެ ލަކުނު މީހުންނަށް ފެނިދާނެތީ ރުޅިގަދަވެ ލަދުނުގަންނަކަމަށާއި ކައިލީގެ ސަބަބުން އޭނައަށް މިއަދު ލިބުނީ އިތުރު ހިތްވަރެއް ކަމަށެވެ.
2019 ވަނަ އަހަރު ފޯބްސް ގައި ބުނެފައިވާގޮތުން އުމުރުން 21 އަހަރުގައި ކައިލީ ބިލިއަނަރަކަށްވީ އިރު އޭނަގެ މިލްކިއްޔާތުގައި އެއްބިލިއަން އެމެރިކަ ޑޮލަރު ހުއްޓެވެ. ކައިލީގެ މިލްކިއްޔާތުގައި ވާ ފައިސާގެ އެންމެ ފަހުގެ ތަފްސީލްގައި ބުނެފައިވަނީ 2020ވަނަ އަހަރު އޭނަގެ މިލްކިއްޔާތުގައި ހުރި ޑޮލަރުގެ އަދަދަކީ 900މިލިއަން އެމެރިކާ ޑޮލަރެވެ.
ކައިލީ އަކީ ކާޑޭޝިއަން އާއިލާގެ އެންމެ ހަނގު މެމްބަރެވެ. ކައިލީ ޖެނާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޓްރޭވިސް ސްކޮޓްގެ، ސްޓޯމީ ނަމަކަށް ކިޔާ އަންހެން ދަރިޔަކު އެބަހުއްޓެވެ.