English Edition
Dhivehi Edition

ކޮސްމެޓިކްސް ވިޔަފާރީގައި މުއްސަނދި ވެފައިވާ ކައިލީ ޖެނާރ އޭނާގެ ދަރިފުޅަށް ކިޔައިދިން “ރައިޒް އެންޑް ޝައިން” ޓިކްޓޮކް ނުބަލާ މީހަކު ޓިކްޓޮކް ޔޫޒާސް ތެރޭގައި މަދުވާނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މިހާރުވެސް ކައިލީގެ މި ޓިކްޓޮކަށް 1 ބިލިއަން ވިއުސް ލިބިފައިވާއިރު ކައިލީގެ ވީޑިޔޯތައް ބަލާ އެތައް މިލިއަން ބަޔަކު އުޅެއެވެ.

22 އަހަރުގެ ކައިލީ އޭނާގެ ދަރިފުޅު ސްޓޯމީ ވެބްސްޓާރ އަށް ކިޔައިން ރައިޒް އެންޑް ޝައިން އިން ޓިކްޓޮކް ހަދަން ފަށާފައިވާއިރު ގިނަ ބަޔަކު ދަނީ މިއަށް ޖޯކު ޖަހައި މޭމް ވެސް ހަދަމުންނެވެ.

ޓިކްޓޮކް ގައި ގަވާއިދުން އެކްޓިވްކޮށް 500 މިލިއަން މީހުން އުޅޭއިރު އެ އެޕްލިކޭޝަން ވަނީ 1 ބިލިއަނެއްހާ މީހުން ޑައުންލޯޑް ވެސް ކޮށްފައެވެ.

މި އަހަރުގެ ކުރީކޮޅު ކައިލީ ވަނީ ފޯބެސް އިން ހޮވާ އެންމެ ހަގު ބިލިއެނާގެ ލަގަބުވެސް ހޯދާފައެވެ. ކައިލީ ކޮސްމެޓިކްސް ގެ ވެރިޔާ ކައިލީގެ ބިޒްނަސް އަށް 3 އަހަރު ވެފައިވާއިރު މިދިޔަ އަހަރުވެސް އޭނާގެ ބިޒްނަސް އަށް ވަނީ 360 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.