English Edition
Dhivehi Edition

ރިއަލިޓީ ޓީވީ ތަރި އަދި “ކައިލީ ކޮސްމެޓިކްސް” ގެ ފައުންޑާ ކައިލީ ޖެނާ އޭނާގެ ލޯބިވެރިޔާ ރެޕާ ޓްރެވިސް ސްކޮޓްއާ ރުޅިވެފައިވަނީ ކައިލީ ގިނަދަރިން ބޭނުން ވަތީ ކަމަށް ހަބަރުތައް ބުނެފިއެވެ.

މި ދެމީހުން ރުޅިވެފައިވާ އަޑުތަކެއް ފެތުރިފައިވަނިކޮށް ޓްރެވިސް ވަނީ ފުރަތަމަ ފަހަރަށް ޑެއިލީ މެއިލް ޑޮޓްކޮމް އަށް ދިން އިންޓަވިއުއެއްގައި ރުޅިވިސަބަބު ބުނެފައެވެ. ކައިލީ ގިނަދަރިން ހޯދައި ބޮޑު އާއިލާއެއް ބޭނުންވި ނަމަވެސް ޓްރެވިސް ބުނެފައިވަނީ އޭނަބޭނުން ވަނީ ކެރިއާ އާއިގެން ކުރިއަށް ދިއުމަށް ކަމަށެވެ.

ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދެމީހުން ރުޅިވެފައިވަނީ މާގިނައިން ކަންކަމާ ދެބަސްވާން ޖެހޭތީ ޓްރެވިސްގެ އާ ލަވަތަކެއް ނެރުމަށް ތައްޔާރުވަމުން ދާއިރު އެކަމަށް ބުރޫއަރާތީއެވެ. ކައިލީއާއި ޓްރެވިސް ރުޅިވެފައިވާ ކަމުގެ އަޑު އެންމެ ފުރަތަމަ ފެތުރިފައިވަނީ މިދިޔަ އޯގަސްޓް މަހުގެތެރޭގައެވެ. މިދެމީހުން ރުޅިވެފައިވީ ނަމަވެސް ކައިލީ އަދި މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް މީޑިއާ އާއި ހިއްސާކޮށްފައި ނުވެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އުމުރުން 21 އަހަރުގައި ކައިލީ ވަނީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރަށް ވެފަ އެވެ. އަދި އޭނާއަކީ ފެޝަނުގެ ދުނިޔޭގައި ވެސް އެންމެ ނުފޫޒު ގަދަ އެކެކެވެ.

އުމުރުން 21 އަހަރުގެ ކައިލީ އާއި 26 އަހަރުގެ ޓްރަވިސް ލޯބީގެ ގޮތުން 2017 ވަނަ އަހަރު ގުޅިފައިވާއިރު އެމީހުންނަށް ލިބިފައިވާ އަންހެން ދަރިފުޅު “ސްޓޯމީ” އަށް މިހާރު ވަނީ އެއް އަހަރުފުރިފަ އެވެ.

 

 

1 ކޮމެންޓް
Travis ree
އޮކްޓޯބަރު 4, 2019
Ma mihiree ehnu ma nulaahiku beynu kylie aa ehkoh dhari eh buni varakah hoadhaa dheynan anehkaa dhariyaku libumakee haadha magical kamekey