English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި އިއްޔެ ހުޅުދޫ ޔޫތާއި މައިލޯ ސިޓީ އެފްސީ ކުޅުނު މެޗު ބޮޑު ތަފާތަކުން މައިލޯ ސިޓީ އެފްސީ ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި މައިލޯ ސިޓީ އެފްސީ އިން 11 ލަނޑު ޖަހާފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ހުޅުދޫ ޔޫތަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

އިއްޔެގެ މެޗުގައި މައިލޯ ސިޓީ އެފްސީގެ ހާޒިމް ފައުޒީ އެ ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު ރަފާހް އާއި ސަބަޓީ ވަނީ، ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ، ދެން މައިލޯ ސިޓީ އެފްސީ ގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޒިދާން އާއި އަމްނުގެ އިތުރުން ސަހާއުއެވެ،

No description available.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ އެފްސީގެ ހާޒިމް އެވެ. މި މުބާރާތުގައި މައިލޯ ސިޓީ އެފްސީ ކުޅުނު ފުރަތަމަ މެޗުގައި ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް ކޮޅަށްވެށްވެސް އެ ޓީމުން ވަނީ 11 ލަނޑު ޖަހާފައެވެ.