English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި އިއްޔެ ކުޅުނު މެޗުގައި ކްލަބް ލޮތާރި އާއި ބައްދަލުކުރި މެޗު ކްލަބް ލޮތާރިން ކާމިޔާބުކޮށްފިއެވެ.

މި މެޗު އެ ޓީމުން ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުންނެވެ. ކްލަބް ލޮތާރިން ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހާފައިވާއިރު އެ ޓީމަށް ފުރަތަމަ ހާފްގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ރަޔަން އާއި ޒާލިފްއެވެ.

މެޗުގެ ދެވަނަ ހާފްގައި ކްލަބް ލޮތާރީގެ ސަހާފް ވަރަށް ކައިރި ކައިރީގައި ދެ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ލީޑުވަނީ އިތުރަަށް ފުޅާކޮށްފައެވެ. މެޗުގެ 35 ވަނަ މިނިޓްގައި ކްލަބް ލޮތާރިގެ ޒާމިލް އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު ލޮތާރި ޖޫނިއާސް އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި މެޗުގައި ލޮތާރި ޖޫނިއާސްގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޔޫނުސްއެވެ.ކްލަބް ލޮތާރީން، ލޮތާރި ޖޫނިއާސްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު ގޯލު ކީޕަރުވަނީ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ލޮތާރިއަށް މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން ސަހާފްއެވެ،

No description available.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުޅުދޫ ޔޫތާއި މައިލޯ އެފްސީ ޔުނައިޓެޑްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00 ގައި ހުޅުދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.