English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި އިއްޔެ ކުޅުނު މެޗު ފަސޭހަކަމާއެކު ބޮޑު ތަފާތަކުން ހިތަދޫ މައިލޯ ސިޓީ އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ހުޅުދޫ ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް އާއި ބައްދަލުކޮށް މައިލޯ އިން މި މެޗު ކާމިޔާބުކުރީ 11 ލަނޑު 1 ލަނޑުންނެވެ،

މި މެޗުގައި މައިލޯ ޓީމުން ރީތި ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ގިނަ ވަގުތު ބޯޅަ ގެންގުޅެ، އެ ޓީމުން ވަނީ ޖިއޯވެންޓް ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާފައެވެ.

މެޗުގެ 3 ވަނަ މިނިޓްގައި މައިލޯ އެފްސީގެ މުހައްމަދު އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު 4 ވަނަ މިނިޓްގައި މައިލޯ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 15 ވަނަ މިނިޓްގައި މައިލޯ އެފްސީގެ ޒިދާން އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފްގެ އެންމެ ފަހު މިނިޓްގައި މައިލޯ އެފްސީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް 0-4 ގެ ނަތީޖާއިން ނިމިގެން ދިޔައިރު މެޗުގެ ދެވަނަ ހާފްގައި މައިލޯ އެފްސީ އިން ވަނީ އިތުރު 7 ލަނޑު ޖަހާފައެވެ. މި ގޮތުން މެޗުގެ 22 ވަނަ މިނިޓްގައި އަމްނު ވަނީ އެ ޓީމްގެ ލީޑް ފުޅާކޮށްދީ އިތުރު ލަނޑެއްޖަހާފައެވެ، މެޗުގެ ވަރަށް ކައިރި ކައިޜީގައި މައިލޯ އިން ގިނަ ލަނޑުތަކެއް ޖަހާފައިވާއިރު މެޗުގެ 26 އަދި 27 މިނިޓްގައި މައިލޯ އެފްސީގެ ސަބަޓީ އަދި ހަޒިމް ވަނީ ލަނޑުޖަހާފައެވެ.

މި މެޗުގެ 30 ވަނަ މިނިޓްގައި ގައި ހަޒިމް އިތުރު ލަނޑެއް ޖަހާފައިވާއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި ސަހާއުވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ، މި މެޗުގެ 39 ވަނަ މިނިޓްގައި ހަޒިމް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު މި މެޗުގައި ޖިއޯވެންޓް ޔުނައިޓެޑް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ފައްތޭއެވެ،

May be an image of 2 people and people standing

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކާ، ޓީމަށް 4 ލަނޑު ކާމިޔާބުކޮށްދިން މައިލޯ އެފްސީގެ ހަޒިމް ފައުޒީއެވެ.

މިއަދު ކުޅޭ މެޗުގައި ބައްދަލުކުރަނީ ކްލަބް ލޮތަރި އާއި ލޮތަރި ޖޫނިއާސް އެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމުން ބައިވެރިވެފައިވާއިރު، މި މުބާރާތް ހާއްސަކޮށްފައިވަނީ 23 އަހަރުން ދަށުގެ ޒުވާނުންނަނަށެވެ.