English Edition
Dhivehi Edition

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވަން ހަމަޖެހިފައިވާ ‘ޕިންކް ރިބަން ރަން ވޯކް”ގެ ހަރަކާތްތައް އައްޑޫ ސިޓީ ހުޅުދޫ މީދޫގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖައްސައިފިއެވެ.

މި މަހުގެ 28 ވަނަ ދުވަހު ރާއްޖޭގެ 28 ރަށެށްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާމި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން ފެށިގެން 18:00 ހަމައަށެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް ހުޅުދޫ މީދޫ ބްރާންޗް ކުރިމަތިންނެވެ.މި ހަރާކާތާއި ގުޅިގެން ދުވަހާއި ގުޅޭ ހާއްސަ ޓީޝާޓެއް 150 ރުފިޔާއަށް ވިއްކުމަށްހަމަޖެހިފައިވާއިރު، ހުޅުމީދޫ ސިއްޙީ މަރުކަޒުން ޓީޝާޓު ލިބެން ހުންނާނެކަމަށް މިކަން އިންތިޒާމުކުރާ ފަރާތުންވަނީ ބުނެފައެވެ.

މިހަރަކާތުގައި ހުޅުދޫ މީދޫގެ ވިހާވެސް ގިނަބަޔަކު ބައިވެރިވުމަށް މިކަން އިންތިޒާމުކުރާ ފަރާތުން އެދިފައިވާއިރު، ޓީޝާޓް ވިއްކައިގެން ލިބޭ ރުފިޔާ ކެންސަރ ސޯސައިޓީއަށް ހަދިޔާކުރުމަށްވަނީ ނިންމާފައެވެ.