English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ‘ޕިންކް ރިބަން ރަން-ވޯކް’ އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް(ސީއެސްއެމް) އިން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ ‘ޕިންކް ރިބަން ރަން ވޯކް’ ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން 11 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓް 2400 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީކޮށްގެން މިއަދު ކުރިއަށް ވަނީ ގެންގޮސްފައެވެ.

މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ. ބޭންކުން ވަނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ސީއެސްއެމް އަށް ހަދިޔާކޮށްފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަށާއި ‘ޕިންކް ރިބަން ރަން ވޯކް’ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.