English Edition
Dhivehi Edition

މިއަހަރު އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ‘އައްޑޫ އީދު ފެސްޓިވަލް’ ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރޭގައި ހިމެނޭ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކްލަބް ލޮތާރިން، އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ޖަމިއްޔާ، އޮފީސް، ނުވަތަ ގުރޫޕްތައް ރަމްޒުކޮށްދޭ ގޮތަށްވެސް ޓީމްތައް ބައިވެރިކުރެވޭނެއެވެ. އަދި ކޮންމެ ޓީމެއްގައި މަދުވެގެން 03 ބައިވެރިން ހިމަނަންޖެހޭ އިރު ގިނަވެގެން 10 ބައިވެރިންވެސް ހިމެނިދާނެކަމަށް މުބާރާތުގެ ގަވައިދުގައިވަނީ https://lothari.club/386/ ބުނެފައެވެ.

މި މުބާރާތުގައި އެއްވެސް ޓީމަކުން ދިރޭ އެން ބޭނުން ކުރުން މަނާކޮށްފައިވާއިރު، ބޭނުން ނުވަތަ ހިފުން މަނާ މަހެއް ހިފިއްޖެނަމަ މަސް ދޫކޮށްލަންޖެހޭނެކަމަށްވެސް މުބާރާތުގެ ގަވައިދުގައި ވަނީ ބުނެފައެވެ. އަދި އީޕީއޭ އިން މަނާކޮށްފައިވާ އެއްވެސް ސަރަހެއްދައި މަސްވެރިކަން ކޮށްގެން ނުވާނެކަމަށްވެސް މި ގަވައިދުގައިވަނީ ބުނެފައެވެ.

ލޮތާރިން ބުނީ ޓީމުތަކަށް ޕޮއިންޓް ދިނުމުގައި ބަލާނީ ބޭނި ހުރިހާ މަހެއް ކިރައިގެން އޭގެ ބަރުދަނަށް ކަމަށެވެ. އަދި ބޮލުން ނިގުލާއި ހަމައަށް 06 އިންޗި ހަމަނުވާ މަސްތައް މާކްސް ދިނުމުގައި ނުހިމަނާނެކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިން ވަނަ ޓީމް ހޮވުމަށް ހަމަޖެހިފައިވާއިރު، ފަރުމަސް ކެޔޮޅު އަދި ފަރުމަސްވެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ގިނައިން މަސް ބޭނި ފަރާތް ފަރުމަސްކެޔޮޅުގެ ގޮތުގައި ހޮވުމަށް ހަމަޖެހިފައިވާއިރު، އެ މަގާމު ހޮވާނީ އެމީހަކު ބޭނި މަހުގެ އަދަދަށް ބަލާފައެވެ.