English Edition
Dhivehi Edition
18 މާރިޗު 2020 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާކަމަށް ނައިފަރު ދާއިރާގެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަ ކުރުމާ ދެކޮޅަށް ނުކުތް އިލްމުވެރިން ހިފާ ހައްޔަރުކޮށް، އެ އިލްމުވެރިންގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކުރުމާއި ގުޅިގެން ޝިޔާމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

މި ގޮތުން ޝިޔާމް ވިދާޅުވީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލަން މި ސަރުކާރުން އަބަދުވެސް މަަސައްކަތް ކުރާ ކަމަށެވެ. އަދި ދީނުގެ ހައްގުގައި ނުކުންނަ މީހުންގެ މައްޗަށް ވަގުތުން ތަހުގީގު ހިންގާ ނިރުބަވެރިކަމުގެ ދައުވާ ވެސް އުފުލާކަމަށާއި އެމީހުންނަށް އޮންނަނީ ޖަލު ގޮޅިކަމަށް ޝިޔާމް ވިދާޅުވިއެވެ. ދީނަށް ފުރައްސާރަކުރުމާ އެއްޖިންސުން ގުޅުންހިންގުމާ ޖިންސީގޯނާގެ މައްސަލަތައް ނުބެލޭކަން ފާހަގަކުރައްވާ ޝީޔާމް ވިދާޅުވީ އެފަދަ މައްސަލަތައް ނުބެލޭކަމަށެވެ.

ޔޯގާ ދުވަހާ ގުޅިގެން ހިނގި ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އައްޝައިހް އާދަމް ނިޝާން ބިން އާދަމް އާއި އައްޝައިހް ފަޟްލޫން ބިން މުހައްމަދު ހިމެނެއެވެ.