English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން އަޟްހާ ޢީދާއި ގުޅިގެން މުޅިސިޓީއަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އަޟްހާ ޢީދާއި ގުޅިގެން މުޅި ސިޓީއަށް ހުޅުވާލައިގެން ބާއްވާ “އައްޑޫ ޢީދި ސަމާ 1443” ގެ ތެރެއިން ކުރިއަށް ގެންދާ ބައިބަލާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ވަނީ ހުޅުވާލާފައެވެ.

ހިތަދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތި ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ކުރިން އެމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ “އައްޑޫ ޢީދި ސަމާ 1443” އިތުރަށް ކުލަގަދަކުރުމަށްޓަކައި އައްޑޫގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.

2 ކޮމެންޓް
މައްކޫ
ޖޫން 24, 2022
ބައިބަލާ މުބާރާތް ނުބޭއްވުމަށް ގޮވާލަން، މާލޭގަ ކޮންމެ އަހަރަކުވެސް މާރާމާރީ ހިންގުމުގެ ސިލްސިލާ ފެށިގެން އަންނަނީ ބައިބަލާގެ ސަބަބުން، ތިއީ އައްޑޫ ގަ ވެސް އަނެއްކާ ތިކަންތައް ފެށުމަށް ރޭވިގެންދާ ކަމެއް.
އައްޑޫ
ޖޫން 23, 2022
ލާާހިކާއްނެއް ބައިވެރިވޭކައް ފެށޭތަނުން ލަކުޑިހިފަގެން ވެދެތަޅަގަންނަށިޔެ