English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫގައި ބާއްވާ އީދު ސައި

އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން އަޟްހަ އީދު ފާހަގަކުރުމަށް ބާއްވާ ‘އައްޑޫ އީދި ސަމާ ފެސްޓިވަލް’ގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިން ބުނީ 1444 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 ޖޫން 2023 އިން 01 ޖުލައި 2023ގެ ނިޔަލަށް 4 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމަފައިވާ ކަމަށެވެ.

އެގޮތުން އީދު މުނާސަބަތުގައި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ޓްރެވަލް ޕާޓްނަރ، އެކޮމަޑޭޝަން ޕާޓްނަރ، ޕްރިންޓިންގް ޕާޓްނަރ، މީޑިއާ ޕާޓްނާރ، ޓެލެކޮމް ޕާޓްނަރ، ޑިޖިޓަލް ޕާޓްނަރ، ކޭޓަރިންގް ޕާޓްނަރ އަދި ބެވަރެޖް ޕާޓްނަރަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 31 މޭއި 2023 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އެއްކަރުދާސް ކުރެވިފައިވާ ގޫގަލް ފޯމް ފުރިހަމަކުރުމަށް ކައުންސލުން ވަނީ އެދިފައެވެ. އިތުރަށް ކައުންސިލުން ބުނީ ކެޓެގަރީ އަކަށް 1 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، ފުރުސަތު ދެވޭނެ ފަރާތެއް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށްބަލައިގެންކަމަށެވެ.