English Edition
Dhivehi Edition

މި އަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އައްޑޫ ސިޓީ މަރަދޫގައި ކުރިއަށް ގެންދާ ‘އައްޑޫ އީދި ސަމާ 1443’ ގައި ހިމެނޭ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ގޮތުން މި އަހަރު އަޟްހާ އީދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ރޮންޑާ މަސްރޭސް-2022” އަދި “މަރަދޫ ސްޓްރީޓް ސޮކާރ-2022” ގައި ބައިވެރިވުމުގެ ފުރުސަތު 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ހަމައަށް ވަނީ ހުޅުވާލާފައެވެ.

“ރޮންޑާ މަސްރޭސް-2022” އަންހެން ފިރިހެން ދެ ޖިންސު އެއްކޮށް ޓީމްތައް ބައިވެރިވެވޭއިިރު، މި މުބާރާތުގައި އައްޑޫ ސިޓީގެ ހުރިހާ އަވަށަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި “މަރަދޫ ސްޓްރީޓް ސޮކާރ-2022” ގައި މަރަދޫ ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވައިދު ވަނީ އާންމުކޮށްފައެވެ.

އައްޑޫ މަރަދޫގައި އީދު ކުޅިވަރު އިންތިޒާމު ކުރާ ފަރާތްތަކުން ބުނީ، މިއީރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާ ކުރުމާއެކު އާއިލީ އަދި ރަށުގެ އިޖްތިމާއި ގުޅުން ބަދެހިކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.