English Edition
Dhivehi Edition

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް، މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާގެ ހަރަކާތްތައް، ބަޔަކު ހުއްޓުވައިފިއެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެފައެވެ.

އިސްލާމްދީނުގެ ދިފާއުގައި ހަދާފައި ހުރި ދިދަތަކެއް ހިފައިގެން މި މީހުން ދަނޑަށް ވަނުމާއެކު ޔޯގާ ކަސްރަތު ކުރަން ތިބި މީހުން ވަނީ ޔޯގާ ހުއްޓާލުމަށް ފަހު ދަނޑުން ނިކުމެފައެވެ.

މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ޔޯގާ ކަސްރަތު ކުރަން ތިބި މީހުންނާއި އެހަރަކާތް ހުއްޓުވަން ދަނޑަށް ވަން މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ. އެހެންނަމަވެސް އެމީހުން ދަނޑަށް ވަން ފަހުން ފުލުހުންގެ އެސްއޯ ފައުޖެއް ރަޔަޓް ގިޔަރުގައި އެސަރަހައްދަށް ގޮސް ކަރުނަގޭސް ޖަހަފާއިވާކަމަށެވެ.

އިންޑިއާގެ ހިންދޫ ދީނުގެ ސަގާފީ އަދާކާދަތަކުގެ ތެރޭގައި ހިމެނޭ ޔޯގާ އާއި ދެކޮޅަށް ރާއްޖޭގައި މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.