English Edition
Dhivehi Edition
ހައިކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް, ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އެދުމުގެ މަތިން އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް މައްސަލަ ބައްލަވާ ގަޒީ ނިންމަވާފައިވާއިރު، ޝަރީއަތް ފެށުމަށް ބޭއްވި އަޑު އެހުމުގެ އިތުރުން މިއަދު ކުރިއަށް ދިޔަ އަޑުއެހުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް އިން ލައިވް ކޮށްފައެވެ.

ދައުލަތުން ހުށަހަޅާފައިވާ ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް ވަނީ ރާއްޖޭގެ ބައެއް ޗެނެލަތަކުން ދައްކާފައެވެ.

ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ހެކިވެރިޔާއާ ސުވާލު ކުރަން ފެށުމުގެ ކުރިން ގާޒީ ވަނީ ބައެއް ފަރާތްތަކުން ޝަރީއަތް ރީބްރޯޑްކާސްޓް ކުރަމުން އަންނަކަން ފާހަގަކޮށްފައެވެ.

މި ގޮތުން ގާޒީ ވިދާޅުވީ މި މައްސަލައަކީ ކޯޓުގެ ޔޫޓިއުބް ޗެނެލްއިން ލައިވް ކުރަމުންދާ ޝަރީއަތެއް އަދި އެ ޝަރީއަތް އިތުރު ބަޔަކަށް ރީ ބްރޯޑްކާސްޓްކުރާކަށް ޝަރީއަތުން އިޒްނަ ނުވަތަ ހުއްދަ ދީފައިނުވާކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެކަން ކުރަމުން ގެންދާކަމުގެ މައުލޫމާތު ޝަރީއަތައް ލިބެމުންދާކަން ފާހަގަކޮށް ގާޒީ ވަނީ އެ ފަރާތްތަކުން އެކަން ނުކުރުމަށް އެދިފައެވެ. photoshop cc 2018 amtlib.dll crack