English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ސައިކަލެއްގެ މަޑި ދަށުން 400،000 އަށް ވުރެ ގިނަ ރުފިޔާ ނެގި ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

އިއްޔެ ހިނގި މި ހާދިސާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މީހެއްގެ ސައިކަލުގެ މަޑިދަށުގައި ބަހައްޓާފައި ހުރި 442،750 ދިވެހި ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތު އުމުރުން 45 އަހަރުގެ ޖަހަންގިރް އާލަމް ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ޖަހަންގިރް އެކަމަށް އިންކާރު ކުރި ނަމަވެސް އޭނާ އެކަން ކުރި ކަމަށް ބެލެވޭ ހެކި ހުރި ކަމަށެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނޭ ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

އެ މައްސަަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.