English Edition
Dhivehi Edition

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާ ގޯސްވެގެން ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ،

އޮންލައިން ނޫސް “ވޮއިސް”އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެއްވެސް އިރެއްގައި އިންޑިއާ ޓީޗަރުން އަދި ޑޮކްޓަަރުން ރާއްޖޭގައި ތިބޭތީ، އެމަނިކުފާނުވެސް ނުވަތަ އެމަަނިކުފާނާއި އެކު މަސައްކަތް ކުރައްވާ އެެއްވެސް ފަރާތަކުންވެސް ނުރުހުން ފާޅުކޮށްފައި ނުވާކަމަށެވެ. އިންޑިއާ މީހުންނާއި ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ބުނާ ވާހަަކަތައް ދޮގުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އިންޑިއާ މީހުންނާ ދެކޮޅަށް އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ،އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެއަށް ޓަކައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއަކީ ރަނގަޅު އަވައްޓެރިއެއް ކަމަށް ހުދު އެމަނިކުފާނުވެސް ގަބޫލުކުރަައްވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ގަބޫލު ނުކުރެވެނީ އިންޑިއާ ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ކަމަށެވެ. މިގޮތުން އިންޑިއާއިން ރާއްޖޭގެ އެތެރޭގެ ސިޔާސަތުތަކަށާއި، ހާރިޖީީ ސިޔާސަތުތަކަށް އަތް ބޭނުމާއި އަދި ދިވެހިންގެ ވަސީލަތްތައް ބޭނުންކޮށް މިނިވަންކަމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ،

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ވަނީ ރައީސް ޔާމީން މިނިވަންވުމާއި އެކު އިތުރަށް ވަރުގަދަކޮށްފައެވެ.