English Edition
Dhivehi Edition

ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 13 ވަނަ ސީޒަން މި މަހުގެ 29 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

ބިގްބޮސް މިމަހު ފެށުމަށް ތައްޔާރުވެފައިވާކަން ކަލާސްއިން މިހަފްތާގައި ދެއްކި ޕްރޮމޯއެއްގައިވަނީ ޔަގީންކޮށްދީފައެވެ. މި ޕްރޮމޯގައި އެޝޯވް ހޯސްޓްކުރާ ފަރާތްކަމަށްވާ ސަލްމާން ޙާން ފެނުނީ ވަރަށްތަފާތުކޮށެވެ. ސަލްމާން ފެންނަނީ ޝެފްޔުނިފޯމެއްގައި އިންޑިއާގެ މީލްއެއްކަމަށްވާ ކިޗްޅީ އަދި ރައިޓާ ކައްކަމުންދިޔަތަނެވެ.

ޝޯގެ ފުރަތަމަ އެޕިސޯޑް މި މަހުގެ 29 ގައި ދައްކާ އިރު، އެ އެޕިސޯޑް ވަރަށް ހާއްސަވާނެ ކަމަށްް ކަލާސްއިން ދާދިފަހުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. އަދި އެ އެޕިސޯޑް ވާނީ މި ފަހަރު ޝޯގައި ވާދަކުރާ ބައިވެރިން ވެސް ތައާރަފުކޮށްދޭ އެޕިސޯޑްކަމަށްވެސް ކަލާސްއިން ބުނެފައިވެއެވެ.

އިންޑިއާގެ އިތުރުން ރާއްޖޭގެ ބެލުންތެރިންގެވެސް ބޮޑު ތަރުހީބެއްލިބޭ މިޝޯވް ގައި މިފަހަރުފެނިގެންދާނެ ތަރިން އަދި ކަށަވަރުވެފައިނުވެއެވެ. ބިގްބޮސްއަކީ މަޝްޙޫރު ތަރިންގެ އަސްލު ސިފައެންމެ ރަނގަޅަށް ފެނިގެންދާ އެއްޝޯވްއެވެ.

މިދިޔަ އަހަރު ގެނެސްދިން “ބިގް ބޮސް” ސީޒަން 12 ކާމިޔާބުކުރީ ޓީވީ ތަރި ދިޕިކާ ކައްކަރެވެ.

“ބިގްބޮސް” އަކީ 2006 ނޮވެމްބަރ 3 އިން ފެށިގެން ކޮންމެ އަހަރަކު ދައްކަމުން އަންނަ ޝޯވްއެކެވެ.