English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލިތާ ތިން ދުވަސްވީ އިރު ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މިދިޔަ ބުދަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލާފައިވަނީ ސ،ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މިއީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މަސްތުވާތެކެއްޗާއި ގުޅުން ހުރި މާރާމާރީއެއްކަން އެގިފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށްވެސް އެ ދުވަހު ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާއިރު މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް އިތުރު ކުރިއެރުމެއް ލިބުނުކަންވެސް ހާމަކޮށްފައެއް ނުވެއެވެ.