English Edition
Dhivehi Edition

ނ.މަނަދޫގައި ނައީމާ މޫސާ މާރަލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށް އޭނާ މަރާލުމަށް ބޭނުންކުރި ހަތިޔާރު ހޯދައިފިއެވެ،

މި އަހަރު އެޕްރީލު 8 ވަނަ ދުވަހުގައި ނައީމާ ދިރިއުޅޭ ގޭގައި އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށިގަނޑުވަނީ ބޮޑެތި ޒަހަމްތަކެއް ފެނިފައެވެ.

އެ މައްސަލައާ ގުޅިގެން އެ ރަށުގައި ބޮޑު ތަހުގީގެއް ކުރިއަށް ގެންގޮސަްފައިވާއިރު ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ހޯދައި ޓެސްޓުކޮށްފައިވެއެވެ.

ނައިމާގެ މަރާ ގުޅޭ މުހިއްމު ހެކިތަކެއް ހޯދިފައިވާކަން ހާމަކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް މުހިއްމު ހެކިތަކެއް ހުރި ތަނެއް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

ނައިމާއަށް ހަމަލާދިނުމަށް ބޭނުންކުރި ތޫނު 2 ހަތިޔާރު ފެނިފައިވާ އިރު ނައީމާ ގަތުލުކުރި ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު އަންދައިލުމަށްފަހު ވަޅުލާފައިވަނިކޮށް ހޯދާފައިވާކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.