English Edition
Dhivehi Edition
އައްޑޫސިޓީ
އައްޑޫއަށް ނިސްބަތްވާ ދެ ގޭންގެއްގެ ދެމެދުގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

 

އައްޑޫގައި މިދިޔަ ހުކުރު ދުވަހުގެ ރެއާއި އާދިއްތަ ދުވަހުގެ ރޭ ވަނީ ނުރައްކާތެރި ދެ މާރާމާރީއެއް ހިންގާފަ އެވެ.މިކަމާގުޅޭ ގޮތުން މިއަދު ފުލުހުން ވިދާޅުވީ އައްޑޫގައި ހިނގި ނުރައްކާތެރި މާރާމާރީތަކާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ މިހާރު ދޫކޮށްލާފައިވާކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ހިންގި މާރާމަރީގައި ވަނީ 30 އަހަރުގެ ފިރިހެނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބި ފައިވެއެވެ. އޭގެފަހުން އާދިއްތަ ދުވަހު ހިންގި މާރާމަރީގައި 20 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލާފައިވެއެވެ. އެ މާރާމާރީތަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައި ތިބި 10 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.