English Edition
Dhivehi Edition

2018 ވަނަ އަހަރު ބުރާރީ މަރުގެ ހާދިސާ އާއި އެއްގޮތް މަރެއް އަނެއްކާވެސް ހިގައިފިއެވެ.

އިންޑިއާގެ މަދްޔަޕްރަދޭޝް ގައި ދިރިއުޅެމުންދިޔަ 5 މެމްބަރުންގެ އާއިލާއެއް އެއްކޮށް މަރުވެފައި ވަނިކޮށް ޖުލައި 2ވަނަ ފުވަހު ވަނީ ފެނިފައެވެ. މަރުވެފައި ވަނީ ރައުޑި ވިލެޖްގައި ދިރިއުޅެމުން ދިޔަ ދަނޑުވެރިޔަކާ އޭނާގެ އަނބި މީހާގެ އިތުރުން 3 ކުދީންނެވެ. ފުލުހުން ބުނީ ހާދިސާ ހިނގާފައި ވަނީ ހޯމަދުވަހު ހެނދުނުގެ ވަގުތެއްގައި ކަމަށް ލަފާވާ ކަމަށެވެ.

2018 ވަނަ އަހަރު ޖުލައި 2 ވަނަ ދުވަހު ބުރާރީގައި ހިނގި ހާދިސާ އާއި އެއްގޮތް މަރެއް ކަމަށް ފުލުހުން ބުނީ މިހާދިސާވެސް މިހިނގީ ޖުލައި 2 ވަނަދުވަހު ކަމަށް ވެފައި މަރުވެފައި ތިބިގޮތްވެސް އެއްގޮތް ވީމައެވެ.

މިހާދިސާ ފުލުހުންނަށް ރިޕޯރޓް ކުރީ އެގެއާ ކައިރި ގެއެއްގައި ދިރި އުޅެމުން އައި މީހެކެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ “ޓީ.އޯ.އައި” އާހަވާލާދީ ފުލުހުން ބުނެފައިވަނީ ޒުވާން ދެމަފިރިންނާއި 3 ކުދިން މަރުވެފައި ތިބީ ދަންޖެހިގެން ކަމަށެވެ.

މަރުވި ގޮތް ދަނެގަންނަން ފަސްމީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި ވާއިރު ލަފާކުރެވެނީ މި މަރަކީ ބުރާރީ ހާދިސާ ކަހަލަ އަޅުކަމެއް އަދާކުރުމަށް ހިންގާފައި ވާމަރެއް ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާގައި އެތައްދީނަކަށް އުޅޭމީހުން ދިރިއުޅޭއިރު ކަލާނގެއަށް ގުރުބާން ވުމުގެ ނިޔަތުގައި މިފަދަ މަރުތައް ހިންގާފައި ވެއެވެ.