English Edition
Dhivehi Edition

ގދ.ހޯނޑެއްދޫ ކައުންސިލް އިން އިންތިޒާމުކޮށްގެން ބާއިވާ ކައުންސިލް ކަޕް 2022 ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޯނޑެއްދޫ ކައުންސިލް އިދާރާއިން ބުނީ މި މުބާރާތަކީ ދެ ޖިންސަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެއް ކަމަށެވެ. މި ގޮތުން މިއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޖުލައި 22 ން 31 އަށް ކަމަށެވެ. މި އަހަރުގެ މުބާރާތުގައިހޯނޑެއްދޫ ޓީމުތަކުގެ އިތުރުން ކައިރި ރިސޯޓް ތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިތުރަށް ހޯނޑެއްދޫ ކައުންސިލުން ބުނީ މިމުބާރާތް ބޭއްވުމުގެ އެންމެބޮޑު މަޤުސަދަކީ ހޯނޑެއްދޫ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި، ވާދަވެރި ރޫޙެއްގައި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2022 ޖުލައި 7 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރައަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އިތުރަށް އެ ކައުންސިލުން ބުނީ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ހިންގާ ޤަވާއިދު މިކައުންސިލުނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެކަމަށެވެ.