English Edition
Dhivehi Edition

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިހްތިސާސުގައި އޮންނަ ގދ. ކަނޑެވާރެހާގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯނޑެއްދޫ ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

ހޯނޑެއްދޫ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ކަނޑެވާރެހާގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންުފުނިތަކަށް ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ރިސޯޓު އެޅުމަށް އެރަށް ދޫކުރަން ނިންމާފައިވަނީ 50 އަހަރަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިއާއި އެކު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2024 އިން 17 ނޮވެމްބަރ 2024 ގެ ނިޔަލަށް، ސަރުކާރުގެ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް، މި ކަމާއި ގުޅޭ މައުލޫމާތު އެކައުންސިލުން ހޯދޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި މި މަޝްރޫއުގެ ޕްރީ ބިޑް މީޓިންގ އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް އޮންލައިން ކޮށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 13:30 ގައެވެ.