ޖުމްލަ 22 ބައިވެރިންނާއެކު ހުވަދޫ އެއިޑުން ހިންގަމުންދާ ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ލައިފް ސްކިލްސް އެންޑް ޕިއަރ އެޑިޔުކޭޝަން ޓީ.އޯ.ޓީ އެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޔޫ.އެސް.އެއިޑްގެ އެހީގެ ދަށުން ޓްރާސްޕޭރެންސީ މޯލްޑިވެސް އިން ކުރިއަށްގެންދާ “ޕްރޮމޯޓިން ރެސިލިއެންސް އިން ދަ މޯލްޑިވްސް (ޕްރައިމް)” ޕްރޮގްރާމުގެ ސަބްގްރާންޓްގެ ދަށުން، ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޓީ,އޯ.ޓީ ކުރިއަށްދިޔައީ އޮންޓޯބަރު 27 އިން 29 އަށް ގދ. ހޯޑެއްދޫގައެވެ.
މިތަމްރީނު ޕްރްގްރާމަކީ ރަށުފެންވަރުގައި ޒުވާނުންނަށް އަމާޒުކޮށް ލައިފް ސްކިލްސް ޕްރޮގްރާމްތައް ހިންގާނެ ޓްރެއިނަރުން ތަމްރީނުކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ.
މިގޮތުން މިތަމްރީން ފުރިހަމަކުރި ޓްރެއިނިނަރުންގެ އެހީތެރުކަމާއި އެކު ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގައި ކޮމިޔުނިޓީ ބޭސްޑް ލައިފް ސްކިލްސް ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިޕޮރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ޖަމްއިއްޔާތައް އަދި އެހެނިހެން މުއައްސަސާތައް ގުޅިގެންނެވެ.
ލައިފް ސްކިލްސް ޓީ.އޯ.ޓީ ޕްރޮގްރާމް ނިންމުމުގެ ރަސްމީޔާތު ޝަރަފްކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ގދ. ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝެވެ. ރައީސްގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާއި، ހުވަދޫ އެއިޑް އިން ކުރަމުންދާ މަސައްކަތަށް ޝުކުރު ދެންނެވިއެވެ.
ލައިފް ސްކިލްސް ޓީ.އޯ.ޓީގެ އިތުރުން މިޕްރޮޖެކްޓްގެ ދަށުން ސިވިކް އެޑިޔުކޭޝަން އާއި ސައިކޯ ސޯޝަލް ސަޕޯޓް އާއި ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގްރާމްތަކާއި ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ. ލައިފް ސްކިލްސް ޓީ.އޯ.ޓީ އަކީ މިޕްރޮޖެކްޓްގެ ދަށުން ބޭއްވުނު ދެވެނަ ހަރަކާތެވެ. މީގެ ކުރިން ހޯޑެއްދޫ ކައުންސިލުގެ ފަރާތުން އެރަށުގައި ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތްތަކަށް ވެސް މިޕރޮޖެކްޓްގެ ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހުވަދޫ އެޑަކީ މީގެ ކުރިންވެސް ޒުވާނުންނަށް އަމާޒުކޮށް މިފަދަ މަޝްރޫއުތަކެއް ހިންގާފައިވާ، ރާއްޖޭގެ ހަރަކާތްތެރި ޖަމްއިއްޔަތަކުން ޖަމްއިއްޔާއެއްކަން ފަހަގަކުރެވެއެވެ.