މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިންގަނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަޖިލީސް ހުންނެވި އިރު، ހިންގި ވަރަށް ވުރެ ލަދުވެތި އަމަލުތަކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީ އިން ހުށަހެޅި މައްސަލަ މިއަދުވެސް ކުރިއަށް ނުގެންދެވި މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. މިކަމާ ގުޅިގެން ރައީސް ނަޝިދުއަށް ފާޑުކިޔަމުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުނަ ނުދިނުމަށް މަޖިލީހުގެ ރިޔާސަތުގައި ހުންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
The atrocities of former speaker of Parliament Hon. Maseeh has paled into insignificance with todays shameful, cowardly act by Hon. Hassan Afeef to avoid the no confidence motion. A dark and shameful day for parliamentary democracy in Maldives. Face the vote @MohamedNasheed
— Fayyaz Ismail (@faya_i) November 12, 2023
މިއަދަކީ ޑިމޮކްރެސީގައި ކަޅު ދުވަހެއްކަން ފާހަގަކުރައްވަމުން ފައްޔާޒު ވަނީ އިތުބާރުގެ ވޯޓާ ކުރިމަތިލާން ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.