English Edition
Dhivehi Edition

މާލޭގައި އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކަށް، ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލޭ ސަރަހައްދުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކުރި އެމީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރުވަމުން އަންނައިރު، މި މައްސަލަތަކުގައި ބަންދުކުރެވޭ މީހުންގެ ޝަރީއަތްތައް އަވަސްކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.