English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ސިދާތް މަލޯތްރާ އާއި ކިއާރާ އަދްވާނީގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާކަމަށް، މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ މި ދެތަރިން އަނެއްކާވެސް އެކުގައި ފެނިއްޖެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު މި ދެތަރިން ވަކިވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު އެ ދެމީހުން ވަކިވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އޭރުވެސް ދެ ތަރިން އެއްވެސް ވާހަކައެއް މީޑިއާގައި ހިއްސާކޮށްފައެއް ނުވެއެވެ.

ސިދާތް މަލޯތްރާ އާއި ކިއާރާ އަދްވާނީ ރުޅިވީތަ؟

ފިތުރު އީދުގެ މުނާސަބަތުގައި ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާން ބޮލީވުޑްގެ ތަރިންނަށް އިންތިޒާމުކުރި ޕާޓީއެއްގައި ސިދާތާއި ކިއާރާ އެކުގައި ބައިވެރިވެފައިވާއިރު، މި ދެތަރިންގެ މެދުގައި ޖެހުނު މައްސަލަތައް ހައްލުކޮށް އަލުން ގުޅުނީކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ޕާޓީގެ ތެރޭގައި، ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، މި ދެތަރިންގެ ސަޕޯޓަރުން އަންނަނީ މިއީ ވަރަށް ގުޅޭ ޖޯޑެއްކަމަށް ބުނެ މަރުހަބާކިޔަމުންނެވެ.

މީގެ ތިން ވަރަކަށް އަހަރު ކުރިން ފެށުނު މި ދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް އަބަދުވެސް މީޑިއާތަކުން ގެނެސްދެމުން އަންނައިރު، އަދި މިހާތަނަށް ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން އެއްވެސް ތަރިއަކު ވާހަކަދައްކާފައެއް ނުވެއެވެ.