English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ސިދާތް މަލޯތްރާ އާއި ކިއާރާ އަދްވާނީ، ރުޅިވެއްޖެއެވެ.

ދެ ތަރިންވެސް ރައްޓެހިވެގެން އުޅޭކަމަށް ދުވަހަކުވެސް އެއްބަސްވެފައިނުވާއިރު، އެ ދެމީހުން ވަކިވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންވެސް ސިދާތް އާއި ކިއާރާ އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި ދެތަރިންގެ ގާތް ފަރާތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދެމީހުން ވަކިވީ، ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެންނެވެ. އަދި މިހާރު ކިއާރާވެސް އޭނާގެ ފިލްމު ބޫލްބުލެއްޔާ-02 ގެ ޕްރޮމޯޝަންގައި ބިޒީކޮށް އުޅެމުން އަންނައިރު ސިދާތް މިވަގުތު ވީ ތުރުކީގައި ކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ފަރާތުން ބުނީ ދެމީހުންވެސް މަސައްކަތްކުރަމުންދަނީ އެއްވެސް އިތުރު މައްސަލައެއް ނުޖެހި އެ ގުޅުން ނިންމާލުމަށްކަމަށާއި އެހެންނަމަވެސް އަދި ފަހުންވެސް އެ ދެމީހުން އެކުގައި ފެނުމަކީ ދުރުކަމެއް ނޫންކަމަށެވެ،

މި ދެތަރިން އެކުގައި އެންމެ ފަހުން ފެނިގެން ދިޔަ ‘ޝޭރްޝާ’ އަށް ގިނަ ކާމިޔާބީތަކެއް ލިބިގެން ދިޔައިރު، މި ފިލްމުގެ ޕޯސްޓެއް އިއްޔެ ކިއާރާވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.