English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

މި ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުން ފާޅުކަންބޮޑު ގޮތެއްގާ އިންޒާރު ދެމުން ދިއުމަކީ ގާނޫނު ނުނެގެހެއްޓޭކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ،

އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅިގެން ރައީސް ޔާމީނަށް އިންޒާރުދީ “މޯލްޑިވްސް ޔޫތް ފޯސް”ގެ ނަމުގާ ހިންގަމުން އަންނަ ޓްވިޓާ އެކައުންޓަކުން ވަނީ އިންޒާރުގެ ވީޑިއޯ އެއް އާންމުކޮށްފައެވެ. ކުރީގެ ރައީސް ޔާމީނަށް އިންޒާރުދީ އާންމުކޮށްފައިވާ އެވީޑިއޯގައި ބުނެފައި ވަނީ އެމަނިކުފާނު “ސައިޒުކުރަން ނިކުންނާނެ” ކަމަށެވެ.

އެ ވީޑިއޯ ރީޓުވިޓްކޮށް، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެ ފަރާތްތަކަށް ހިތްވަރު ދެއްވާފައިވާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވާ ގޮތުން، ރައީސް ޔާމީނާ އި އިންޑިއާ އައުޓް ކެމްޕޭނަށް ތާއިދުކުރާ ފަރާތްތަކަށް އިންޒާރުދީ ހިންގާ ގާނޫނާ ހިލާފް އަދި ޓެރަރިޒަމުގެ އެފަދަ އަމަލުތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ ތާއިދުކޮށް ބަލައިގަތުން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކާއި ވެރިކަންކުރާ ކޯލިޝަނާއި ގުޅިގެން އިންޑިއާ ސިފައިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އިދިކޮޅު ލީޑަރަށާއި، ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކަށް އިންޒާރުތައް ދެމުން ގެންދިއުމަކީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިޔާގެ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމަށެވެ.