English Edition
Dhivehi Edition
ހިތަދޫ ހޭޅިފަށް:އުދައަރާ މިތަން ވަނީ ވަރަށް ބޮޑަަށް ގިރާފަ/ފޮޓޯއޭއޯ ނިއުސް

އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ ހޭޅިފަށުން ގަސްތައް ނަގާ އެ ހިސާބުގެ އާނުގަނޑު ނަގައި ހަލާކުކޮށްފައިވާ މައްސަލަ އީޕީއޭ އިން ބަލަން ފަށައިފިއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގައި އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި، އެ ހިސާބުގެ އާނުގަނޑު ވެސް ނަގައި ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

އެއީ އީޕީއޭގެ ހުއްދަ ނެތި ހިންގާފައިވާ އަމަލެއް ކަން ފާހަގަކޮށް އީޕީއޭއިން ވަނީ އެ މަސައްކަތުގެ ތަފުސީލާއި ބޭނުމާއި އެ މަސައްކަތް ކުރި ތާރީހާއި އަދި މަސައްކަތުގައި އިސްކޮށް ޝާމިލުވި ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީއަށް ހުށަހަޅައިދިނުމަށް އެދިފައެވެ. އަދި އެ މައުލޫމާތު މި މަހުގެ 27 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރީން ފޮނުވައި ދިނުމަށް ވަނީ އަންގާފައެވެ. މި މައްސަލަ އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.