ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖޯޖިނާ ރޮޑްރިގޭޒަށް ލިބުނު ފިރިހެން ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވެއްޖެއެވެ.
ރޮނާލްޑޯ އަށް ޖުމްލަ 6 ކުދިން ލިބިފައިވާއިރު ކްރިސްޓިއާނޯ ރޮނާލްޑޯޯ ޖޫނިއާ، އީވާ މާރިއާ އަދި މަޓިއޯ ރޮނާލްޑޯއަކީ ސަރަގޭޓު ކޮށްފައިވާ ކުދިންނެވެ. އަދި ރޮނާލްޑޯ އާއި ޖޯޖިނާއަށް ޖުމްލަ ތިން ކުދިން ލިބިފައިވާއިރު އެއީ އެލާނާ މާޓިނާ އަދި ޓުވިންސް ކުދިންނެވެ. އޭގެ ތެރެއިން މަރުވެފައިވަނީ ޖޯޖިނާ އަށް ލިބުނީ އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާއެވެ.
— Cristiano Ronaldo (@Cristiano) April 18, 2022
ރޮނާލްޑޯ، ޓްވީޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ އެންމެ ކުޑަ ފިރިހެން ދަރިފުޅު މަރުވެފައިވާކަމަށެވެ. އިތުރަށް ރޮނާލްޑޯ ބުނީ މިއީ ވަރަށް އުނދަގޫ ވަގުތުކޮޅެއްކަމަށާއި އަދި މިއީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ހިތާމަކަމަށެވެ. މިވަގުތު ލިބޭ ކުޑަވެސް އުފަލަކީ އަންހެން ދަރިފުޅުގެ ފުރާނަ ސަލާމަތްވުން ކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ އަންހެން ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.
މީގެ އިތުރުން ރޮނާލްޑޯ ވަނީ މި ވަގުތު އޭނާގެ އާއިލާއަށް އިހްތިރާމްކޮށް ޕްރައިވެސީ ބޭނުންވާކަމަށް ބުނެފައެވެ.